މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މި މަޤާމުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

ޕްލޭނިންގ އޮފިސަރ

މަޤާމް:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

އޮފީސް / އިދާރާ:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ޔުނިޓް:

5610.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

- މެނޭޖްމަންޓް / ޕްލޭނިންގ ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

މެނޭޖްމަންޓް / ޕްލޭނިންގ ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މެނޭޖްމަންޓް / ޕްލޭނިންގ ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ ޝަރުޠުތައް

- ރަށުގެ ތަރައްޤީގެ ޕްލޭން ބެލެހެއްޓުމާއި، ތަރައްޤީގެ އަމާޒުތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ފައިނޭންޝަލް ޕްލޭން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ރަށުގެ ރަށްވެހީންގެ ރެޖިސްޓްރީ، ކައުންސިލުން ކަނޑައަޅާ މިންގަނޑެއްގައި ބަލަހައްޓަމުން ގެންދިޔުން.

- ރަށުގެ ބިންތަކާއި، ބިމުގެ ބަޖެޓާއި، ބިންބިމާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން.

- ބިމުގެ ރެޖިސްޓްރީ ހަދައިދީ ބެލެހެއްޓުން.

- ކައުންސިލްގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެމަތީން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުން.

- ރަށުގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާތަކުގެ ދަފުތަރެއް ބެލެހެއްޓުން.

- ކައުންސިލުން ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވާ ތަކެއްޗާއި ތަންތަން ކުއްޔަށް ދޫކޮށް ހިސާބުތައް ބެލެހެއްޓުން.

- އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުގެދަށުން ހިންގޭ ހަރަކާތްތަކުގެ ލިޔެކިޔުން ބެލެހެއްޓުން.

- ތިމާވެށި ޙިމާޔަތްކުރުމަށް ކައުންސިލުން ރާވާ ޕްރޮގްރާމްތަކުގައި އިދާރީ މަސައްކަތްތައް ކުރުން.

- ކައުންސިލުން ހިންގާ ޞިއްޙީ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތައް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި،  ތާރީޚު،  އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެފަރާތަށް އެންގޭނެއެވެ. 

އިންޓަވިޔު، ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު

މި ވަޒީފާޔަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖޫން 10 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން، ވަޒީފާޔަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.                                       

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.  

އުޖޫރައާއި ޢިނާޔަތްތައް

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމް، މި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް، ހުށަހަޅާ ސެޓްފިކެޓްތައް އެކްރެޑިޓްކޮށްފައި ނުވިނަމަވެސް، އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް (ސާފުކޮށް ކިޔަން އެނގޭގޮތަށް ނަގާފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް)

ހުށަހަޅަންޖެހޭ ލިޔުންތައް

މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013 ނަންބަރު ފޯނަށެވެ. ފެކްސް ކުރާނީ 6560013 ނަންބަރަށެވެ.  އީމެލް ކުރާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު

14 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ