ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މިޞްރުގައި ކިޔެވުމަށް އޯއައިސީ އިން ދެއްވާ ސްކޮލަރޝިޕް 2016/2015

މިޞްރުގައި ކިޔެވުމަށް "އޯއައިސީ" އިން ދެއްވާ ސްކޮލަރޝިޕް 2016/2015

މި ސްކީމްގެ ދަށުން ސްކޮލަރޝިޕް ލިބޭ ފެކަލްޓީތަކާއި، ކޯސްތަކުގެ މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޯހުގެ ދާއިރާ

ބެޗްލަރސް ޑިގްރީ

ކޯހުގެ ލެވެލް

10 ފުރުޞަތު (އޯ.އައި.ސީ މެމްބަރު ޤައުމުތަކުގެ މެދުގައި ވާދަކޮށް)

ކޯހުގެ އަދަދު

  • ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި
  • ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) ނުވަތަ،
  • ޝަހާދާ ޘާނަވިއްޔާއިން %75 އަށް ވުރެ މަތިން ފާސްވެފައިވުން. އަދި
  • ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ" ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން. ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި
  • މިއިޢުލާނާއެކު އަޕްލޯޑްކުރެވިފައިވާ މަޢުލޫމާތުޝީޓުގައިވާ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ.

ކޯހުގެ ޝަރުޠުތައް

  • މި ސްކޮލަރޝިޕްގެ ފުރުޞަތަކީ "އޯ.އައި.ސީ" މެމްބަރު ޤައުމުތަކުން ވާދަކުރާގޮތަށް މިޞްރު ސަރުކާރުން ހުޅުވާލާފައިފައިވާ 10 ސްކޮލަރޝިޕްގެ ފުރުޞަތެކެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަކީ މިޞްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން މިޞްރުގައި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ދެ ކުދިން އަދި ދެމަފިރިންނަށް އެއްމުއްދަތެއްގެ ތެރޭގައި ކިޔެވުމުގެ ފުރުޞަތެއް ނުދެއްވައެވެ. ވީމާ، މި ފަދަ ދަރިވަރަކަށް މި ސްކޮލަރޝިޕަށް ކުރިމަތި ނުލެވޭނެއެވެ.
  • މި ސްކީމަށް ހޮވޭ ދަރިވަރުންނަށް މި ސްކޮލަރޝިޕްގެ ދަށުން ހަމަޖެހޭ އިނާޔަތްތަކުގެ މަޢުލޫމާތު              "General Administration and Admission and Scholarships for Expatriates"  ސުރުޚީގެ ނަމުގައި މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.
  • ފެކަލްޓީ އޮފް މެޑިސިންގެ ކޯސްތައް ފިޔަވައި، މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ހަމަޖެހޭ ކޯސްތަކުގައި ކިޔަވައިދެނީ ޢަރަބިބަހުން ކަމަށްވާތީ، ކުރިމަތިލާ ފަރާތްތަކަކީ ޢަރަބިބަހުން ކިޔެވުން ކުރިއަށް ގެންދެވޭ ފަދަ ޤާބިލުކަން ހުރި ފަރާތްތަކަށް ވާންޖެހޭނެއެވެ.
  • ކެންޑިޑޭޓުން އެދޭ ކޯސްނޫން އެހެން ކޯހެއް ހަމަޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކޯހަށް ކުރިމަތިލާންވާނީ މިކަމަށް ރުހި ޤަބޫލުވާނަމައެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ" ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު" (ސްޕެޝަލް ކްރައިޓީރިއާ އުސޫލު) ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ "މަތީ ތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެެރިވެެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަނުކުރުންފަދަ ސަބަބުތައް މެދުވެރިިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަން އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި ކިޔަވަން އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ފައިނަލް ލިސްޓު، މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ (އޯލެވެލް، އޭލެވެލް އަދި ޝަހާދާ ސާނަވިއްޔާ) ސެޓުފިކެޓާއި، މާކްސްޝީޓުގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު ހުށަހަޅަންވާނެއެވެ.(އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.  
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ.)
  • މެޑިކަލް ރިޕޯޓު (އެޓެސްޓް ކޮށްފައިވާ އަސްލު)
  • ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް އިން އިނގިރޭސިބަހަށް ތަރުޖަމާ ކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓު ކޮޕީ (އެޓެސްޓް ކޮށްފައިވާ އަސްލު)
  • ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީ. (އެޓެސްޓް ކޮށްފައިވާ އަސްލު)
  • 6 ޕާސްޕޯޓް ސައިޒް ފޮޓޯ. (ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ނަމާއި، ޤައުމުގެ ނަން ޖަހަންވާނެއެވެ.)
  • ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

ސުންގަޑި: 10 ޖޫން 2015 (ބުދަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ/ 02 ވަނަ ފަންގިފިލާ) އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:30 އަށް ވެލާނާގޭގެ 02 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341371 އިން ލިބިވަޑައިގަންނަވާނެއެވެ.

28 މޭ 2015
ހޯދާ