މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

މުވައްޒަފުން ބޭނުންވެއްޖެ

މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމު: ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

މުސާރަ: -/4,000 ރުފިޔާ

ސަރވިސް އެލަވަންސް: -/3,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/1,400 ރުފިޔާ)

ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ  

ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: މާލެއާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް

މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތް: ކަސްޓަމްސްގެ ފަރާތުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުމާއި ކަސްޓަމްސްގައި ބޭނުންކުރާ ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން. އަދި ކަސްޓަމްސް އޮފީސްތަކުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމާއި ކަސްޓަމްސްގެ އެންމެހާ ސެކްޝަންތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން. 

ބޭނުންވާ އަދަދު: 07 (ހަތެއް)

މަޤާމުގެ ޝަރުޠު:

  •  ލިޔަންކިޔަން ދަތުމާ އެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
  • މި މަޤާމުތަކަށް މީހުން ހޮވުމުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ (A0 ,A1 ,B1 ,C1) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށާއި، ވެހިކަލް ރިޕެއަރ ކުރުމުގެ މަސައްކަތުގައި އުޅެފައިވާ ފަރާތްތަކަށާއި، އިލެކްޓްރިކް މަސައްކަތްކުރަން ދަންނަ އަދި ފެންވައިރިންގގެ މަސައްކަތް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

މަޤާމު: ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

މުސާރަ: -/4,000 ރުފިޔާ

ސަރވިސް އެލަވަންސް: -/3,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/1,400 ރުފިޔާ)

ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ  

ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: ހދ.ހަނިމާދޫ އާއި ކަސްޓަމްސްގެ އެހެނިހެން އޮފީސްތައް

މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތް: ހދ.ހަނިމާދޫ ކަސްޓަމްސްގެ ފަރާތުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުމާއި ހދ.ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކުރާ ވެހިކަލް ސާފުކޮށް ބެލެހެއްޓުން.  އަދި ހދ.ހަނިމާދޫ ކަސްޓަމްސް އޮފީހުގެ އެންމެހާ ތަންތަނުގެ ކުނިކަހާ، ފޮޅާ ސާފުކުރުމާއި ކަސްޓަމްސް އޮފިސަރުން ބޭތިއްބުމަށް ކުއްޔަށްހިފާފައިވާ ގޭގެ އެންމެހާ ތަންތަނުގެ ކުނިކަހާ، ފޮޅާ ސާފުކޮށް ބެލެހެއްޓުން. 

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

  •  ލިޔަންކިޔަން ދަތުމާ އެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
  • މި މަޤާމުތަކަށް މީހުން ހޮވުމުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ (A0 ,A1 ,B1 ,C1) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށާއި، ވެހިކަލް ރިޕެއަރ ކުރުމުގެ މަސައްކަތުގައި އުޅެފައިވާ ފަރާތްތަކަށާއި، އިލެކްޓްރިކް މަސައްކަތްކުރަން ދަންނަ އަދި ފެންވައިރިންގގެ މަސައްކަތް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

މަތީގައި ދަންނަވާފައިވާ މަޤާމުތަކުގައި މަސައްކަތްކުރާ މީހުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

މި މަޤާމުތަކުގެ ތެރެއިން ހދ.ހަނިމާދޫއަށް މުވައްޒަފަކު ހޮވުމުގައި ހދ.ހަނިމާދޫގައި ދިރިއުޅުން ހަމަޖެހިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ. 

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ، ވަޒީފާއަށްއެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ
  • މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެލިޔުންތައް

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ