އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނީފޯމު ފެހުމަށް

މިކޮމާންޑުން ދައްކާ ނަމޫނާއާ އެއްގޮތަށް ޔުނީފޯމު ޑިޒައިންކޮށް 3 އަހަރަށް، އަހަރަކު

1 ފަހަރު އިވެލުއޭޓް ކުރާގޮތަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް، ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކައްދޫ އެއަރޕޯޓް، ދަރަވަންދޫ އެއަރޕޯޓް، ކޫއްޑޫ އެއަރޕޯޓް، ފުވައްމުލަކު އެއަރޕޯޓް، ތިމަރަފުށި އެއަރޕޯޓް، މާމިގިލި އެއަރޕޯޓް، ކައްދޫ އެއަރޕޯޓް، އަދި އިފުރު އެއަރޕޯޓް ( މުޅި ޖުމުލަ 11 އެއަރޕޯޓް ) ގައި މަސައްކަތްކުރާ މި ކޮމާންޑް މުވައްޒަފުންގެ ޔުނީފޯމު ފެހުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހު އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މި ކޮމާންޑްގެ މައިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

31 މޭ 2015
ހޯދާ