ދިވެހިރާއްޖެ
މި ކައުންސިލްގެ އިދާރާއަށް 12 މީހުންގެ ޖާގައިގެ އައު ފައިބަރ ލޯންޗެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ލޯންޗަކީ މުޅިން އަލަށް ބަނދެވިފައިވާ މައިގަނޑު ހުދު ކުލައިގެ ލޯންޗެއްކަމުގައި ވާންވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 7778179/9975936 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީހިސާބުތައް އިވެލިއުޓްކުރުމުގައި މާކްސް ދޭނެ ކަންތައްތައް:
# |
ތަފުސީލު |
މާކްސް (%) |
1 |
ލޯންޗުގެ ޖުމުލަ އަގު:(ޖީ.އެސް.ޓީ/ އެހެން ކޮމިޝަނެއްވާނަމަ އަގުގެ ތެރެއިން ވަކިން އެބަ އެނގޭގޮތަށް) |
50 |
2 |
މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މުއްދަތު: (މުއްދަތާއި ކޮށްފައިވާ މަސައްކަތްތައް) |
5 |
3 |
ފައިސާ ދައްކަން ހުށަހަޅާ ގޮތްތައް: ( ޕޭމަންޓް ދެއްކުމަށް ދޭ މުއްދަތުތައް ) |
15 |
4 |
މުއްދަތު: ( މަސައްކަތްކޮށް ނިންމާ މުއްދަތު ) |
15 |
5 |
ވޮރަންޓީ ( ވޮރަންޓީގެ މުއްދަތު ) |
15 |
|
100 |
ހުށަހަޅުއްވާ ކޯޓެންޝަންތަކުގައި، ލޯންޗް ހަލްގަނޑުގެ ފުރިހަމަ މަޢުލޫމާތާއި އަދި ލޯންޗްގެ ހުރިހާ މަސައްކަތެއް ނިމުމަށްފަހު ލޯންޗުގައި ހުންނާނެ ތަކެތީގެ ތަފުސީލު ބަޔާންކުރަންވާނެއެވެ.
ވީމާ، މި ކައުންސިލް އިދާރާއަށް 12 މީހުންގެ ޖާގައިގެ ލޯންޗެއް ބަނދެ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަނުގެ ސްޓޭމްޕާއި، ވެރިއެއްގެ ނަމާއި ސޮއި އަދި ކޮންޓެކްޓް ނަންބަރު އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުންވެސް އޮންނާނީ 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކައުންސިލް އިދާރާގައެވެ. މިގޮތުން ހުށަހެޅޭ އަންދާސީހިސާބުތައް ހުށަހަޅާ ފަރާތުން ބާޠިލު ކުރެވޭނީ 30 ދުވަސްވުމަށް ފަހުގައެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުނީގެ މަޢުލޫމާތުތައްވެސް ހުށަހަޅުއްވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
09 ޝަޢުބާން 1436