ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރުން ބޭނުންވެއްޖެ

އިޢުލާން

ކެމްޕަސް މެނޭޖަރުން ބޭނުންވެއްޖެ:

ބޭނުންވާ އަދަދު: 2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން: ހިތަދޫ ކެމްޕަސް، އައްޑު އަތޮޅު، ލ. ގަން ކެމްޕަސް    

މަސައްކަތުގެ ބާވަތް: އިދާރީ

މަހު އުޖޫރަ: 18,125.00 ރުފިޔާ

ދާއިމީ ވަޒީފާއެއް ނޫނީތީ ދޭ ޓެނުއަރޝިޕް އެލަވަންސް: މަހަކު 5,000.00 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ޓެނުއަރޝިޕްތެރޭގައި ހިމަނާފައި

ފޯނު އެލަވަންސް:  500.00 ރުފިޔާ

ވަޒީފާގެ މުއްދަތު: ޢައްޔަނުކުރާ ދުވަހުން ފެށިގެން 5 އަހަރު ދުވަސް

ކުރިމަތިލާ ފަރާތުގައި ހުންނަންޖެހޭ އެންމެ ދަށް ތަޢުލީމާއި ތަޖުރިބާ:

  • ބެޗްލަރ ޑިގްރީއަކަށްފަހު ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދަތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
  • މެނެޖްމަންޓް ތަޖުރިބާއާއި ނުވަތަ ޚާއްޞަ ހުނަރުތައް އެނގުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަށް އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

އިތުރު މަޢުލޫމާތު:

http://mnu.edu.mv/index.php/current-staff/14-staff/current-staff/299

ސިޓީ ފޮނުވަންވީ ތާރީޚު:

2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހިތަދޫ ކެމްޕަސް، އައްޑު އަތޮޅު، ލ. ގަން ކެމްޕަހަށް.    

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

8 ޝަޢުބާން 1436

26 މޭ 2015
ހޯދާ