ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސޯސިއޭޓް ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 11,374.40 ރުފިޔާ          

ސަރވިސް އެލަވަންސް:

މަހަކު 4,874.74 ރުފިޔާ

އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް

ގްރޭޑް:

6

ދާއިރާ:

ނޯޓިކަލް

ސްޕައިން ޕޮއިންޓް

37

މަޤާމުގެ ޝަރުޠު:

މެރިޓައިމް (ނޯޓިކަލް) ގެ ދާއިރާއިން އެމް. އެން. ކިޔޫ. އެފް. ގެ ލެވެލް 6 ގެ ސަނަދެއް ލިބިފައިވުމާއެކު، 5 އަހަރު ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގައި ކަނޑުމަތީ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފައުންޑޭޝަން ކޯސްތަކާއި، ސެޓްފިކެޓް ފެންވަރުގެ ކޯސްތަކާއި، ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.
  • ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުމާއި ވިލަރެސް ކުރުން.
  • ދަރިވަރުންގެ އެސެސްމަންޓްތައް ވިލަރެސްކުރުން.
  • ދަރިވަރުންނާއި ލެކްޗަރަރއިންނާ ބައްދަލުކޮށް މަޝްވަރާކުރުން.
  • ކޯސްތަކަށް ބޭނުންވާ ލާރނިންގ އެއިޑްސްއާއި، ޓީޗިންގ އެއިޑްސް ހޯދުމަށް އެދުމާއި ބެލެހެއްޓުމަށް އެހީތެރިވުން.
  • ކޯސް ކޯޑިނޭޓްކުރުން.
  • މަރުކަޒާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމެޓީތަކުގައި ބައިވެރިވުން.
  • މެރިޓައިމް ރިސަރޗް މަސައްކަތްކުރުން.
  • ފަންނީ ހަރަކާތްތަކާއި ވޯރކްޝޮޕްތަކުގައި ބައިވެރިވުން.
  • ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފެއަރތަކުގައި ބައިވެރިވުން.
  • މެރިޓައިމް އިންޑަސްޓްރީއަށް ބޭނުންވާ އާ ކޯސްތައް އުފެއްދުމާއި، މުރާޖަޢާކުރުމާއި، ހިންގުން.
  • މަރުކަޒުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެކަޑަމިކް ސެކްޝަނާބެހޭ މަޢުލޫމާތު ޔައުމިއްޔާ ލިޔާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ކުރިއެރުވުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑުދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
  • ތަޢުލީމީ ނިޒާމުގެ ތެރެއިން ޖީލްތަކަށް މެރިޓައިމް އިންޑަސްޓްރީ ކޯސްތައް ތަޢާރަފްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް އެދި ކުރިން އެޕްލިކޭޝަން ފޮނުވާފައިވާ ކެންޑިޑޭޓުން އަލުން އެޕްލިކޭޝަން ފޮނުވާކަށެއް ނުޖެހޭނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ  ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ޖޫން 1 ވާ ހޯމަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ