ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ލ.ގަން، ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށްމިންގަނޑު:

ހޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލުކޮށްފައިވުން. ނުވަތަ،

ށގުޅުން ހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފްގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލުކޮށްފައިވުން. ނުވަތަ،

ނޝަހާދާ ޡާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަ ކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލުކޮށްފައިވުން. ނުވަތަ،

ރއުމުރުން 18 އަހަރު ވެފައިވުމާއިއެކު ގްރޭޑް 7 ނިންމާފައިވުމާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލުކޮށްފައިވުން.

 06 ޝަޢުބާން 1436

24 މޭ 2015
ހޯދާ