ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދަން

ޅ.އޮޅުވެލިފުށީ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެކޯޓު ހިންގުމަށް ޢިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ޖޫން 2015 ދުވަހުގެ 14:00 އަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ޅ.އޮޅުވެލިފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޖޫން 2015 ދުވަހުގެ 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

އަދި ދަންނަވަމެވެ. އިމާރާތް ހެދުމަށް ކުރިން ލިބުނު ބިމުގެ މައްސަލައަކާ ގުޅިގެންނާއި، ބަޖެޓްގެ ދަތިކަމާ ގުޅިގެން، މަސައްކަތް ހަވާލުނުކުރެވި ގިނަދުވަސް ވެފައިވާތީ، 16 ޖުލައި 2012 ވަނަ ދުވަހު މިކޯޓުން ކޮށްފައިވާ ނަންބަރު: G2MC/2012/15 އިޢުލާން، ބާޠިލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ