މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގެ ދޮރާއި ދޮރުފަތް ބަދަލުކުރުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސްޖިދުލްފުރުޤާން (ހުކުރުމިސްކިތް) މިސްކިތުގެ ދޮރާއި ދޮރުފަތް ބަދަލުކުރުން

1- މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގެ ދޮރާއި ދޮރުފަތް އަމިއްލަ ތަކެތީގައި ބަދަލުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2- މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 03 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުވަނީ ކޮންފަރާތެއްކަން އެނގޭނެ ލިޔުމަކާއި އެފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަން ޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ޤަބޫލެއް ނުކުރެވޭނެއެވެ.

3- އަންދާސީހިސާބު ހުށަހެޅުމާއި، ހުށަހެޅި - ހުށަހެޅުންތައް ކެނޑުން އޮންނާނީ 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

  ހ. މަސްޖިދުލްފުރުޤާން މިސްކިތުގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން.

  ށ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް

4- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ