ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާ ގުޅޭ

ރުއްގަހުގެ ވެރިފަރާތް ހޯދުމާ ގުޅޭ

މިރަށުގައި ހެދުމަށް ތައްޔާރުވަމުންދާ މަގުތައް ހެދުމަށްޓަކައި 5 ސަރަޙައްދެއްގައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން ތިރީގައި ބަޔާން ކޮށްފައިވާ 5 ސަރަޙައްދުގައިވާ ރުއްގަހުގެ ވެރިފަރާތުން 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ސިޓީއަކުން އެންގެވުން އެދެމެވެ.

މަގުތައް ހަދަންޖެހޭ 4 ސަރަޙައްދުތަކަކީ:

  • ޔުނިކޯކިޔާ ގޯތީގެ ހުޅަނގުން އޮތް 30 ފޫޓުގެ ފުޅާމަގު، މިރަށުގެ ބަލްސަމް ގޯތީގެ ހުޅަނގުން ގޮސް އެސަރަޙައްދުގައި ހެދިފައިވާ ކުނިގޮނޑާ ހަމަޔަށް ވާ ސަރަޙައްދު
  • މިރަށު ނަސީރު ގޯތީގެ އިރުން 30 ފޫޓުގެ ފުޅާ މަގު، މިރަށު ސަމަންދަރު ގޯއްޗާ ހަމަޔަށް
  • މިރަށު އީވްނިންގސަން ކިޔާ ގޯތީގެ އިރުން 30 ފޫޓުގެ މަގު، މަގުގެ ދެކުނުކޮޅު ގޮސް ޖެނީވާ ގޯއްޗާ ހަމަޔަށް ވާ ސަރަޙައްދު
  • މިރަށު ޖެނީވާ ކިޔާ ގޯތީގެ ދެކުނުން 20 ފޫޓުގެ ފުޅާ މަގު، އިރަށްގޮސް އީވްނިންގސަން ކިޔާ ގޯތީގެ އިރުން އޮންނަ މަގާ ހަމަޔަށް ހިމެނޭ ސަރަޙައްދު
  • ވަހީދާމަންޒިލް ކިޔާ ގޯތީގެ ދެކުނަށް 40 ފޫޓުގެ ބިން ދޫކޮށް 20 ފޫޓުގެ ފުޅާމަގު، ހުޅަނގަށް ގޮސް ފުޓުބޯޅަދަނޑުގެ އިރުމަތީ މަގާ ގުޅާލުމުން ހިމެނޭ ސަރަޙައްދު

07 ޝަޢުބާން 1436

25 މޭ 2015
ހޯދާ