ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާޗް އެސިސްޓެންޓަކު ހޯދުން

އިޢުލާން

ރިސާޗް އެސިސްޓެންޓަކު ހޯދުން:

ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރއިން ހަދަމުންގެންދާ ރިސާޗުގައި، މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.

މުސާރަ:

މަހަކު -/5،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

- ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން)

- އެސް. ޕީ. އެސް. އެސް. އަށް އަހުލުވެރިވެފައިވާ އަދި މިފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މަސައްކަތް:

ރިސާޗުގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސިބަހުންނާއި ދިވެހިބަހުން)

ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ މުއްދަތު:

10 ޖޫން 2015 ން 09 ސެޕްޓެންބަރު 2015 ށް (3 މަސް ދުވަސް)

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 4 ގަޑިއިރު

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

- ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މިކަމަށް އެދޭ ފަރާތްތަކުން، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3345182 ނަންބަރު ފޯނަށް ނުވަތަ 7966799 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

3 ޝަޢުބާން 1436

21 މޭ 2015
ހޯދާ