މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޓްރޭނިންގ

މި މިނިސްޓްރީން އިންތިޒާމުކޮށްގެން 21 މޭ 2015 އިން 22 މެއި 2015 އަށް ދަޢުވާ ޓްރެއިނީ ވޯކްޝޮޕެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މި ވޯކްޝޮޕްގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކުން 20 މޭ 2015 ގެ 12:00 ގެ ކުރިން މިމިނިސްޓްރީގައި ނަން ނޯޓު ކުރެއްވުން އެދެމެވެ.

  • ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިތައް : މެންދުރު 2:00 ން ހަވީރު 6:00 އަށެވެ.
  • ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިގިރޭސިބަހުންނެވެ.
  • މި ވޯކްޝޮޕްގައި ތިއަރީ ބައިގެ އިތުރުން ފީލްޑްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، ނަން ނޯޓް ކުރެއްވުމަށް މި މިނިސްޓްރީގެ 3323623، 3324337، 3312515 އާ ގުޅުއްވަމުން ގެންދެވުން އެދެމެވެ. އިންޓަރނެޓް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.  

18 މޭ 2015

18 މޭ 2015
ހޯދާ