މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ރިސޯޓު ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ލައިސަންސް ބާޠިލުކުރުމާ ބެހޭ

ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ހިންގަމުންދާ މަޑޫގަލި ރިޒޯޓް (އއ. މަޑޫގަލި)، އަސްދޫ ސަން އައިލެންޑް (ކ. އަސްދޫ) އަދި ވެލިދޫ އައިލެންޑް ރިޒޯޓް (އއ. ވެލިދޫ) އަށް މިމިނިސްޓްރީން ދޫކޮށްފައިވާ ޓޫރިސްޓް ރިސޯޓު ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ލައިސަންސް ވަނީ 12 މާރިޗު 2015 ގައި ބާޠިލުކުރެވިފައެވެ.

ވީމާ، މިމިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސް ބާޠިލު ކުރުމާ ގުޅިގެން މަޑޫގަލި ރިޒޯޓް (އއ. މަޑޫގަލި)، އަސްދޫ ސަން އައިލެންޑް (ކ. އަސްދޫ) އަދި ވެލިދޫ އައިލެންޑް ރިޒޯޓް (އއ. ވެލިދޫ) އަށް ޓޫރިސްޓް ރިޒޯޓްގެ ޚިދުމަތާގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރެއްވުމަށް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާންކުރީމެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ