ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޕްރީލް 2015 ގައި ހުޅުވާލެވުނު މަތީ ތަޢުލީމުގެ ލޯނު ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާގުޅޭ

އެޕްރީލް 2015 ގައި ހުޅުވާލެވުނު މަތީ ތަޢުލީމުގެ ލޯނު ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާގުޅޭ

އެޕްރީލް 2015 ގެ ލޯން ސްކީމް ދަށުން ހުޅުވާލެވިފައިވާ ލޯން ފުރުޞަތުތަކަށް ދެވިފައިވާ ސުންގަޑިއަށް އެޕްލިކޭޝަން ހުށަހެޅުމަށް، ނަންބަރު ދޫކުރެވިފައިވާ ރައްޔިތުންގެ ގިނަ ފަރާތްތަކަކަށް ދަތިތަކެއް ކުރިމަތިވެފައިވާކަން މިޑިޕާޓްމަންޓަށް ފާހަގަ ކުރެވިފައިވާތީ، އެފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 21 މޭ 2015 (ބުރާސްފަތި) ދުވަހުގެ 15:00 އާ ހަމައަށް އިތުރު ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ. މިގޮތުން އެޕްލިކޭޝަން ބަލައިގަނެވޭނީ މިޑިޕާޓްމަންޓުން ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ނަންބަރު ދޫކުރެވިފައިވާ ފަރާތްތަކަށެވެ. އެޕްލިކޭޝަން ބަލައިގަތުމަށް އިތުރުކޮށްދެވިފައިވާ މުއްދަތަށް އަލަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިނުވާ ކަމުގައި ދެންނެވީމެވެ. އަދި މިހާރު އެޕްލިކޭޝަން ހުށަހެޅުމަށްފަހު އިތުރު ޑޮކިއުންމަންޓް ގެންނަން އެންގިފައިވާ ފަރާތްތަކުންވެސް ދެންނެވިފައިވާ ތާރީޚުގެ ނިޔަލަށް ޑޮކިއުމަންޓް ހުށަހެޅުއްވުން އެދެމެވެ.       

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 3341388، 3341376، 3341381 އާ ގުޅުއްވުން އެދެމެވެ.

14 މޭ 2015
ހޯދާ