މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މޯލްޑިވްސް ވިޒިޓަރ ސާރވޭ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކުރެވިގެން މިމިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވިޒިޓަރ ސަރވޭ" ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިސާރވޭއަކީ، ފަތުރުވެރިން ރާއްޖެއާމެދު ދެކޭގޮތާއި، ރާއްޖޭގައި ފައިސާ ހޭދަކުރާގޮތާއި، މިނޫންވެސް ފަތުރުވެރިންނާ ގުޅުންހުރި މިފަދަމަޢުލޫމާތު ހޯދުމަށް، އަހަރަކު ދެފަހަރު މަތިން، ތިން އަހަރުގެ މުއްދަތަކަށް ރޭވިގެން ކުރިއަށް ގެންދިއުމަށް ގަސްތުކުރެވިފައިވާ ސާރވޭއެކެވެ. މިސާރވޭގެ 'ޓީ.އޯ.އާރް' މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

               23 ރަޖަބު 1436

12 މޭ 2015
ހޯދާ