ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ސެކަންޑް ޔުނިފޯމު ފެހުމަށް ބޭނުންވެއްޖެ

ސެކަންޑް ޔުނިފޯމު ފެހުމަށް ބޭނުންވެއްޖެ

މި ސުކޫލުގެ ދަރިވަރުން ބޭނުންކުރާ ސެކަންޑް ޔުނިފޯމު، ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށް، މި ސުކޫލާ ހިސާބަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސުކޫލުގެ ނަންބަރު 6800012 އާ ގުޅުއްވުން އެދެމެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ