ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ޓްރޮފީއާއި ޝީލްޑް އަދި މެޑެލް ގަތުމަށް

އަހަރީ އިނާމު ދިނުމަށް ޓްރޮފީއާއި ޝީލްޑް އަދި މެޑެލް ގަތުމަށް ބޭނުންވެއްޖެ

ފާއިތުވި އަހަރު މި ސުކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ޝީލްޑާއި ޓްރޮފީއާއި މެޑަލް ފަދަ ތަކެތި ގަތުމަށް 29 އެޕްރީލް 2015 ގައި މި ސުކޫލުން ކުރި ނަންބަރު:GS52/IUL/2015/20 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވީ އެންމެ ފަރާތަކުންކަމުން މިދެންނެވި އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މިދެންނެވި ތަކެތި މި ސުކޫލަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00އަށް މި ސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800012 އާ ގުޅުއްވުމަށް ދަންނަވަމެވެ.

12 މޭ 2015
ހޯދާ