މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގައި ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

ތިރީގައި މިދަންނަވާ ދާއިރާތަކުން ކުރުމުއްދަތާއި އަދި ދިގުމުއްދަތުގެ ކޯސްތައް މޯލްޑިވްސް ޕޮލިޓެކްނިކްގައި  14  ޖޫން 2015 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޖާގަ

މުއްދަތު

ކޯހުގެ ނަން

32

18 މަސް

ސެޓްފިކެޓް 4 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް(މާލެ)

25

18 މަސް

ސެޓްފިކެޓް 4 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (މާލެ)

25

18 މަސް

ސެޓްފިކެޓް 4 އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ (މާލެ)

14

6 މަސް

ސެޓްފިކެޓް 3 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (ގއ.ވިލިނގިލި)

18

6 މަސް

ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (މާލެ)

18

މަސް 6

ސެޓްފިކެޓް 3 އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް (މާލެ)

18

6 މަސް

ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން (މާލެ)

16

6 މަސް

ސެޓްފިކެޓް 3 އިން ވުޑުން އެންޑް ފައިބަރ ގްލާސް ބޯޓް ބިލްޑިންގ (ރ.އަލިފުށި)

16

6 މަސް

ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން (ރ.އަލިފުށި)

12

6 މަސް

ސެޓްފިކެޓް 3 އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް (ޅ.ފެލިވަރު)

16

6 މަސް

ސެޓްފިކެޓް 3 އިން ފަރނީޗަރ ކާޕެންޓްރީ އެންޑް ވުޑް ކާރވިންގ (ކ.ތުލުސްދޫ)

16

6 މަސް

ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން (އައްޑޫ ސިޓީ)

12

6 މަސް

ސެޓްފިކެޓް 1 އިން ވުޑް ކާރވިންގ (އައްޑޫ ސިޓީ)

12

6 މަސް

ސެޓްފިކެޓް 1 އިން ވުޑް ޓާރނިންގ (އައްޑޫ ސިޓީ)

ސެޓްފިކެޓް ލެވެލް 4 ކޯސްތަކުގެ ޝަރުޠު

މައިގަނޑު ޝަރުޠު: ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިޙާނުން 3 މާއްދާ އިން "ސީ" އިން މަތި ލިބިފައިވުން، ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު: 16 އަހަރުވެފައިވުމާއިއެކު އެމް.ކިއު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން. ނުވަތަ 18 އަހަރުވެފައިވުމާއިއެކު ގްރޭޑް 7 ގެ ތަޢުލީމު ފުރިހަމަ ކުރުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ސެޓްފިކެޓް ލެވެލް 3 ކޯސްތަކުގެ ޝަރުޠު

މައިގަނޑު ޝަރުޠު: ގްރޭޑް 7 ފުރިހަމަކޮށްފައިވުން، ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު: 18 އަހަރުވެފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސި، ދިވެހި ބަހުން ލިޔަންކިޔަން ދަތުން.

ސެޓްފިކެޓް ލެވެލް 1 ކޯސްތަކުގެ ޝަރުޠު

މައިގަނޑު ޝަރުޠު: ގްރޭޑް 7 ނިންމާފައިވުން.

އެހެނިހެން ޝަރުޠު: 16 އަހަރު ވެފައިވުން                                                                        

ވީމާ، މިކޯސްތަކުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު މޯލްޑިވްސް ޕޮލިޓެކްނިކް، އާރ.ވައި.ވީ.ޓީ.ސީ ރ.އަލިފުށި ނުވަތަ އާރ.ވައި.ވީ.ޓީ.ސީ ކ.ތުލުސްދޫ އަދި ސ.ހިތަދޫ ގެ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސް އިން ފޯމު ނަންގަވާ ނުވަތަ މިތަނުގެ ވެބްސައިޓް www.polytechnic.edu.mvއިން އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރައްވާ ފުރިހަމަ ކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން މޯލްޑިވްސް ޕޮލިޓެކްނިކް އަށް ނުވަތަ އާރ.ވައި.ވީ.ޓީ.ސީ ރ.އަލިފުށި، އާރ.ވައި.ވީ.ޓީ.ސީ ކ.ތުލުސްދޫ އަދި ސ.ހިތަދޫ ގެ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސް އަށް ފޯމު ހުށަހެޅުމަށް އެދެމެވެ. ފޯމު ހުށައަޅުއްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ލިބިފައިވާ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ ހުށައެޅުމަށް އެދެމެވެ. އަދި ކޯހުގައި ޖާގަ އޮތްނަމަ ކޯސް ފެށުމުގެ ކުރިން ހުށައަޅާ ފޯމްތައްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3305404، 3305406، 3305411، 6640453، 6580098 ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ރަޖަބު 1436 

07 މޭ 2015
ހޯދާ