ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

1436 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

1436 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްއިޚްލާޞްގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދު ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ނުވަތަ ރަށުން ބޭރުން ޙާފިޡަކު ގެންނަވައިގެން އެ މިސްކިތުގައި ތަރާވީޙުނަމާދު އިމާމުވެ ޙިފްޡުކޮށް ކުރުވުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއެކު ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމުގައި ޢަމަލުކުރާނީ ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ނަންބަރު: A/2015/173-ފ226 (13 އެޕްރީލް 2015) ގެ މެސެޖާއެކު ފޮނުއްވާފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާންމުކުރައްވާފައިވާ އިޢުލާނުގައިވާ "ރަމަޟާންމަހު ޙިފުޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކުރާ ފަރާތްތަކަށް ފައިސާ ދިނުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ރަޖަބު 1436

06 މޭ 2015
ހޯދާ