އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތަށް ބޭނުންވާ ސައުންޑް ސިސްޓަމް ގަނެދޭނެ ފަރާތެއް ހޯދުމަށް

މިސްކިތަށް ބޭނުންވާ ސައުންޑް ސިސްޓަމް ގަނެދޭނެ ފަރާތެއް ހޯދުމަށް:

މިރަށު މަސްޖިދުލްއީސާރި މިސްކިތަށާއި، މަސްޖިދުއްތަޙާލުފި މިސްކިތަށް ބޭނުންވާ ސައުންޑް ސިސްޓަމް ގަނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯޒަލް ހުށަހެޅުއްވުމުގައި ލިޔުން ހަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ރަޖަބު 1436

04 މޭ 2015
ހޯދާ