ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް

   ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފި (ފޭސް 1) ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  • ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު  (މާލެ): ހެނދުނު 30 ޖާގަ، މެންދުރުފަސް 30 ޖާގަ.
  • ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފި (ފޭސް 1): ހެނދުނު 25 ޖާގަ، މެންދުރުފަސް 25 ޖާގަ، ރޭގަނޑު 25 ޖާގަ.                             

ޝަރުޠު:

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަޢުމުރުން 16 އަހަރު ފުރިފައިވުން.
  2. ލިޔަން ކިޔަން އެނގުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން. 

ކޯހުގެ މުއްދަތު

8 ހަފްތާ

       މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 26 މެއި 2024 ގެ 13:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 މެއި 2024 އިން 29 މެއި 2024 އާއި ދެމެދު އެވެ.

09 މޭ 2024
ހޯދާ