ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ޖަމްއިއްޔާތަކަށް ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލުން.

                  1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ބާރަށުގައި ފާހަގަކުރުމަށް ޝައުޤުވެރިވާ ޖަމްއިއްޔާތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

                މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލް ތައް މި ކައުންސިލުން ބެލުމަށްފަހު އެންމެ ރަނގަޅު 2 ޕްރޮޕޯސަލް ހުށަހަޅުއްވާ 2 ޖަމްޢިއްޔާއަކަށް ކޮންމެ ޖަމްއިއްޔާއަކަށް -/20،000 (ވިހި ހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ.

               ވީމާ، މި ކައުންސިލާއި ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭނުންވެލައްވާ ޖަމްޢިއްޔާތަކުން ޕްރޮޕޯސަލް ތައްޔާރު ކުރެއްވުމަށްފަހު 30 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ޕްރޮޕޯސަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތަކާއި ޕްރޮޕޯސަލް އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

01  ޛުލްޤަޢިދާ 1445

09 މޭ 2024
ހޯދާ