މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

 

އަލަށް ގޯތި ދޫކުރުމަށް ރަށުގެ ހުޅަނގު އަވަށުން ލޭންޑްޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ސަރަހައްދު " ޖަވާހިރު" ގޭގެ ކުރިމަތީ އަލަށް ހެދިފައިވާ މަގާއި ދަނޑުބިމާ ދޭތެރެ ސަރަހައްދުގައި 34 ން 46 ށް އޮރެންޖު ކުލައިން ނަމްބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. މި އިޢުލާނާއިއެކު ސަރަހައްދު ފާހަގަވާނެ ކުރެހުމެއް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިދެންނެވި ނަމްބަރ ޖަހައިފައިވާ ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށްޓަކައި ރުގަހުގެ ތަފްސީލާ އާއި އެކު 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށައެޅުމަށް ދަންނަވަމެވެ.

09 މޭ 2024
ހޯދާ