ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސަރުކާރުގެ އޮފީސްތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، އަމިއްލަ މުއައްސަސާތަކުން އަދި އަމިއްލަގޮތުން، މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކުރުން

ސަރުކާރުގެ އޮފީސްތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، އަމިއްލަ މުއައްސަސާތަކުން އަދި އަމިއްލަގޮތުން، މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދިނުމުގައި ވަރަށްގިނަ ފުރުޞަތުތައް ލިބެން ހުރި ނަމަވެސް ވަރަށް ގިނަ ފަންނީ ދާއިރާތަކަކީ އެ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު އަދިވެސް ރާއްޖޭގައި ދެވެންނެތް ދާއިރާތަކަށްވާތީ އަދި އެ ނޫންވެސް އެކިއެކި ސަބަބުތަކާހުރެ މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ތަޢުލީމު ހާސިލުކުރަމުންނެވެ. މިގޮތުން ކުރިމަގުގައިވެސް މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ގިނަ ދަރިވަރުންތަކެެއް ރާއްޖެއިން ބޭރަށް ދާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް ސަރުކާރުގެ އޮފީސްތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، އަމިއްލަ މުއައްސަސާތަކުން އަދި އަމިއްލަގޮތުން، މަތީ ތަޢުލީމާއި ތަމްރީން ހާސިލުކުރުމަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށްދާއިރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނަށް އެ ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތު ނުލިބޭކަން މި ފުރުޞަތުގައި ފާހަގަ ކުރަމެވެ.

މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، މި ޑިޕާޓްމަންޓުން ދަނީ، ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހަމަ އެއާއެކު ދިވެހިރާއްޖޭގެ އެކިއެކި ސިނާޢަތްތަކަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީންނާއި ހުނަރު ހޯދާ އެކިއެކި ފަރާތްތަކުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ މުވައްސަސާގައި ރަޖިސްޓަރީ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމުގައި މި ޑިޕާޓްމަންޓުން ދެކެމެވެ. އަދި މި މަޢުލޫމާތުތަކަކީ ރައްކާތެރިކަމާއެކު ބެލެހެއްޓޭ ރަސްމީ ބޭނުންތަކަށް، އެކަނި ބޭނުންކުރެވޭ ޢާންމު ނުކުރެވޭނެ މަޢުލޫމާތުތަކެކެވެ. އަދި ހަމަ އެއާއެކު މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ފަންނީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި އިޖުތިމާޢިގޮތުންނާއި މާލީގޮތުން، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ހެދޭ އެކިއެކި ދިރާސާތަކާއި ޕްލޭންތައް ކުރުމަށް މި މަޢުލޫމާތަކީ ނުހަނު ބޭނުންތެރި މަޢުލޫމާތެކެވެ.

ނަމަވެސް މި މަޢުލޫމާތުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވެމުން ނުދާތީ، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަން ތިބޭ އެކިއެކި ދަރިވަރުންނަށް މަދުން ނަމަވެސް ދިމާވާ ކުއްލި ހާލަތްތަކާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އޮފީސްތަކުންނާއި، އަމިއްލަ ފަރާތްތަކުން އެ ދަރިވަރުންނާ ބެހޭ މަޢުލޫމާތު ހޯދުމަށާއި އެ ދަރިވަރުންނާ ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

ވީމާ، މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ސަރުކާރުގެ އޮފީސްތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، އަމިއްލަ މުއައްސަސާތަކުން އަދި އަމިއްލަގޮތުން، މަތީ ތަޢުލީމާއި ތަމްރީން ހާސިލުކުރުމަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުން 03 މޭ 2015 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކުރުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

ރަޖިސްޓަރީކުރުމަށް ބޭނުންވާ ފޯމު މި ޑިޕާރޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން އަދި މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

11 ރަޖަބު 1436

29 އޭޕްރިލް 2015
ހޯދާ