ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރަބި ބަސް ދަސްކުރުމުގެ ލެވެލް 01 ގެ ކޯސް ހިންގުން

 

އިޢުލާން

ނަންބަރ:

 (IUL) -WDC/2024/03

ތާރީޚް

‏ 29 ޝައްވާލުް 1445

 08  މެއި 2024

 

އަރަބި ބަސް ދަސްކުރުމުގެ ލެވެލް 01 ގެ ކޯސް ހިންގުން

 

އ.ތ.މ ކޮމެޓީ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން ދެޖިންސުގެ ބޮޑެތި މީހުންނަށާއި،ސްކޫލް ގްރޭޑް 7 އިންފެށިގެން މަތީ ގްރޭޑް ތަކަށް އަމާޒުކޮށްގެން 04 މަސްދުވަހުގެ މުއްދަތަށް އަރަބި ބަސް ދަސްކޮށްދޭ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިޔަށް ގެންދިއުމަށްހަމަޖެހިފައިވަނީ ހަފްތާ ބަންދު ދެދުވަހު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގެ ލެކްޗަރާއިން މިރަށަށް އައިސް ކިޔަވާދޭގޮތަށެވެ. މިކޯހުގެ ފީއެއްގެ ގޮތުގައި މުޅިކޯހަށް ކޮންމެ ބައިވެރިޔަކު އަތުން 300.00 ( ތިންސަތޭކަ ) ރުފިޔާ ނެގޭނެއެވެ.

        ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މެއި 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން 9990105 ނުވަތަ 7856930 ނަންބަރަށް އެސްއެމްއެސްކޮށް ކޯހުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. ފޮނުވާ އެސްއެމްއެސްގައި، ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަން،ދާއިމީ އެޑްރެސް،އައިޑީކާޑް ނަންބަރ އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

                                                      އާމިނަތު މޫސާ

                                            އ.ތ.މ ކޮމިޓީގެ ރައީސާ

08 މޭ 2024
ހޯދާ