އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރެއިނިންގ ޕްރޮގްރާމުގެ ބައިވެރިންގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

  1. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި މި ކައުންސިލު ގުޅިގެން، 2024 މެއި 23 ން 26 އަށް ރަސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ އެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު، ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
  3. މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2024 މެއި 12، އާދީއްތަ ދުވަހުގެ 11:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2024 މެއި 14، އަންގާރަ ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2024 މެއި 14، އަންގާރަ ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

08 މޭ 2024
ހޯދާ