އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ މީޑިއާ ކޮންޓެންޓް ޑިވެލޮޕް ކުރުމާއި މާސް ކޮމިއުނިކޭޝަން މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަމްބަރ:   137-IU/PR/2024/15

ޕްރޮޖެކްޓް ނަމްބަރ:   137-PR/2022/W-08

 

ޕްރޮޖެކްޓްގެ ނަން:  މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ މީޑިއާ ކޮންޓެންޓް ޑިވެލޮޕް ކުރުމާއި މާސް ކޮމިއުނިކޭޝަން މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުން

 

މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ މީޑިއާ ކޮންޓެންޓް ޑިވެލޮޕް ކުރުމާއި މާސް ކޮމިއުނިކޭޝަން 1 އަހަރު ދުވަހުގެ މުއްދަތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  ވީމާ  މިމަސައްކަތައް ހުށަހަޅާ "ޓީއޯއާރު" އާއި އެއްގޮތައް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.

 

2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރ އެނގޭނެހެން 7 މެއި 2024 އިން ފެށިގެން 12 މެއި 2024 ގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.

 

3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ.  އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ފޮނުވައި ވެބްސައިޓް ގައި ޝާއިއު ކުރާނެއެވެ.

 

4. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 މެއި 2024 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.

 

5. ބީލަން ހުޅުވުން އޮންނާނީ 15 މެއި 2024 ގެ 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.

 

6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

 

 

                               28 ޝައްވާލު 1445

                                 7 މޭ 2024 

 

07 މޭ 2024
ހޯދާ