ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫއިން ގޯއްޗަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ދާއިމީ ލިސްޓް

                                                         ނަންބަރ:  (IUL)386/386/2024/29

އިޢުލާން

            މި އިދާރާގެ ނަންބަރު (IUL)386/386/2023/19 (02 މާރިޗު 2023) އިޢުލާނާއި ގުޅިގެން ތ. ގުރައިދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ދާއިމީ ލިސްޓް މި އިޢުލާނާއި އެކު ޢާންމު ކުރަމެވެ.

           އިސްވެ ދެންނެވުނު ލިސްޓަކީ (IUL)386/386/2023/63 (06 ނޮވެމްބަރ 2023) އިޢުލާނާއި ގުޅިގެން ހުޅުވާލި ފުރުޞަތުގައި، ހުށަހެޅުނު ޝަކުވާތަކާއި، ދައުލަތުގެ އިދާރާތަކުން ހޯދުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ގޯތި ކޮމިޓީން ފޯމްތަކަށް މާކްސް ދިނުމަށް ފަހު، ވަގުތީ ލިސްޓަށް ގެންނަން ޖެހޭ އިތުރު ބަދަލުތަށް ގެނައުމަށް ފަހު ޢާންމު ކުރެވޭ ދާއިމީ ލިސްޓެވެ.

           މިލިސްޓާއި މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް ވާނަމަ 12 މެއި 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

           07 މެއި 2024

          28 ޝައްވާލް 1445

07 މޭ 2024
ހޯދާ