މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ކޮމިއުނިޓީ ޕްރީ ސްކޫލަށް ވެއްދުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

ނަމްބަރ: (IUL)304-EDS/304/2024/102

07 މެއި 2024 

ރ. ދުވާފަރު ކޮމިއުނިޓީ ޕްރީ ސްކޫލަށް ވެއްދުމަށް ފުރުސަތު ހުޅުވާލުން

 

މިފެށޭ ދިރާސީ އަހަރުގެ މި ސްކޫލަށް ދަރިވަރުން ވެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މިއަހަރުވެސް މި ސްކޫލްގައި ކިޔަވައިދޭނީ ނާސަރީ އަދި ބޭބީ ނާސަރީ ދެ ގްރޭޑަށެވެ. އެ ގޮތުން 2024 ން 2025 ވަނަ އަހަރު ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ދެވޭނީ 2024 މާރޗް 31 ވަނަ ދުވަހަށް މީލާދީ ގޮތުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނަށެވެ. އަދި ނާސަރީއަށް ވަނުމުގެ ފުރުސަތު ދެވޭނީ 2024 މާރޗް 31 ވަނަ ދުވަހަށް މީލާދީ ގޮތުން 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިންނަށެވެ.

ވީމާ ރަޖިސްޓްރީ ކުރަން އެދޭ ފަރާތްތަކުން 2024 މެއި 8 ވާ ބުދަ ދުވަހުން ފެށިގެން "ސްކޫލަށް ވަނުމަށް އެދޭ ފޯރމް" ދުވާފަރު ކޮމިއުނިޓީ ޕްރީ ސްކޫލްގެ އިދާރާއިން ލިބިލައްވާނެއެވެ. އަދި ފޯރމް ބަލައިގަންނާނީ ހުކުރު އަދި ހޮނިހިރު ދުވަހު ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް 09:30 ން 12:00 ށެވެ. ފޯރމް ހުށަހެޅުމުގެ އެންމެ ފަހު ތާރިޚަކީ 2024 މެއި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާ ހަމައަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7636600 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

 

28 ޝައްވާލް 1445

               

07 މޭ 2024
ހޯދާ