ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ސައިހޮޓާ/ ކެފޭ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

                          މިރަށު ބޮޑުތަކުރުފާނުމަގު (ބޮޑުމަގު) ގެ ދެކުނު ކޮޅުން ސައިހޮޓާ/ކެފޭ ވިޔަފާރި ކުރުމަށް 4000 (ހަތަރުހާސް) އަކަފޫޓުގެ 2 ބިން، 15(ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

                      ވީމާ، މިކަމަށް ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން 09 މެއި 2024 ވާ ބްރާސްފަތި ދުވަހުން ފެށިގެން 14 މެއި 2024 ވާ އަންގާރަ ދުވަހުގެ 13:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީގެ ދެއްކި ސްލިޕާއެކު، މި އިދާރާގެ ކައުންޓަރަށް ނުވަތަ ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުންނާއި މިއިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ދުއިސައްތަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 15 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 މިއިދާރާގައެވެ.  މައުލޫމާތު ދިނުމުގެ މި ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 މެއި 2024 ވާ އަންގާރަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

                     މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 15 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                         ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

07 މޭ 2024
ހޯދާ