މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާ ބެހޭ:

މިރަށު އެކިސަރަހައްދުތަކުގައިވާ 04، 10 އަދި 12 ނަންބަރު ބިމާއިއެކު ޖުމްލަ 03 ބިން ދަނޑުވެރިކަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ދަނޑުވެރިކަމަށް ބިން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ބިން އިސްކަންދޭ ތަރުތީބުން އެނގޭގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެން ކޮންމެ ފަރާތަކަށް 01 ބިމެވެ. ދަނޑުބިންތަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކޮށް، ބިން ބަލަން ބޭނުންވާނަމަ 09 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

 

ދަނޑުބިން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މިއިދާރާއަށް ސިޓީހުށަހަޅަންޖެހޭ އެންމެ ފަހު ވަގުތަކީ 15 މެއި 2024 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމުގައި ދަންނަވަމެވެ.

07 މޭ 2024
ހޯދާ