މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ކޮޓަރި އެޕާޓްމަންޓުގެ ކުއްޔަށް ބަދަލުގެނައުން

އިޢުލާނު

 

               މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި 02 ކޮޓަރި އެޕާޓްމަންޓުން، މަހުކުލީގެ ގޮތުގައި ކުރިން ނަގަމުންއައި -/7000 ރުފިޔާ (ހަތްހާސް ރުފިޔާ) ބޮޑުކަމަށް ފެންނާތީ، 02 ކޮޓަރި އެޕާޓްމަންޓުގެ ކުލި މުރާޖައާ ކުރުމާމެދު ގޮތެއް ނިންމުމަށް، 2024 އެޕްރީލް 18 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 04 ވަނަ ދައުރުގެ 175 ވަނަ ޢާއްމު ބައްދަލުވުމަށް ހުށަހެޅުމުން، އެތަނުގެ މަހުކުލީގެ ގޮތުގައި -/6000 ރުފިޔާ (ހަ ހާސް) ނެގުމަށް ފެންނަކަމަށް ކައުންސިލުންވަނީ ނިންމާފައެވެ.

 

 

 

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

07 މޭ 2024
ހޯދާ