ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް 1 ގެ ގޮފި އަދި ފޭސް 2 ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް 1 ގެ ގޮފި އަދި ފޭސް 2 ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް 1 ގެ ގޮފި އަދި ފޭސް 2 ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2024 މެއި 21 ވާ އަންގާރަ ދުވަހުގެ 10:30 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް 1 ގެ ގޮފި އަދި ފޭސް 2 ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދިނުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

 

07 މޭ 2024
ހޯދާ