މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫކުރުމާ ގުޅޭ

          ބައެއް ފަރާތްތަކުން ހުއްދަ ނުހޯދާ ވެލި ނަގާކަމަށާއި،ވެލި ނެގުމަށް ކުރިން ހައްދާފައިވާ ބިލް ބޭނުންކޮށް ވެލި ނަގާކަމަށް މިއިދާރައަށް ވަނީ ފާހަގަވެފައެވެ. މިގޮތަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

          ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 5:00 ހަމައަށްށެވެ. އަދި ވެލި ނެގުމަށް ރަސްމީ ދުވަސްތަކުގެ މެންދުރު 1:00 ގެ ކުރިން ރަސީދު ހެއްދުމަށް ވެސް ދަންނަވަމަވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރައްވާ ފަރާތްތަކުންވެސް ރުފިޔާ ޖަމާކުރަންވާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 1:00 އާއި ދޭތެރޭ ( 7717700458001 1345 REVENUE 1 ) މި ކައުންސިލްގެ އެކައުންޓް ނަންބަރަށެވެ. އަދި ފައިސާ ޖަމާކުރުމަށް ފަހު، ސިލިޕް އަދި އައިޑީ ކާޑު ކޮޕީ ކައުންސިލްގެ ހޮޓްލައިން ނަންބަރު 7602781 އަށް ވައިބަރ ކުރަންވާނެއެވެ.

         ކޮންމެ ދުވަހަކުވެސް ދޫކުރެވޭނީ 300 ގޯނި ވެލި ކަމުގައި ދަންނަވަމެވެ. އަދި ފައިސާ ދެއްކުމަށް ފަހު 3 ދުވަހުގެ މުއްދަތުގެ ތެރޭގައި ވެލި ނަންގަވަން ވާނެއެވެ.

06 މޭ 2024
ހޯދާ