ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް އިންޓަރނަލް އޮޑިޓަރ (ސީ.އައި.އޭ)

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޗީފް އިންޓަރނަލް އޮޑިޓަރ (ސީ.އައި.އޭ)

ވަޒީފާގެ ދާއިރާ:

އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/18,000ރ އާއި -/35,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އޭ.ސީ.ސީ.އޭ، ސީ.ޕީ.އޭ، ނުވަތަ ސީމާ މެމްބަރަކަށް ވުން؛ އަދި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިހުރި ފަރާތަކަށްވުން (މަދުވެގެން 05 އަހަރު އޮޑިޓިންގ ދާއިރާގައި މަސައްކަތު ތަޖުރިބާ)؛ އަދި ބޮޑު ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި އިސް މަޤާމެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި އައި.އެފް.އާރު.އެސް، އައި.އެސް.އޭ، ނުވަތަ އައި.ޕީ.ޕީ.އެފް އެޕްލިކޭޝަން ބޭނުން ކުރަން އެގުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ރިސްކްތައް މޮނިޓަރ ކުރެވޭނެ ގޮތަށް އޮޑިޓް ޕެލޭން ތައްޔާރުކުރުން
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށާއި ސީނިއަރ މެނޭޖްމަންޓަށް ދާއިރާގެ މަސައްކަތާގުޅޭ ލަފާ އެރުވުން
  • ކުންފުނީގެ އޮޑިޓް ޗާޓަރ ތައްޔާރުކުން.
  • ކުންފުނިން ކަނޑައަޅާގޮތުގެ މަތިން ރިސްކް އެސެސްމަންޓްސް ހެދުން
  • އޮޑިޓް އާއި ގުޅުންހުރި ރިޕޯޓްތައް ޤަވާއިދުން ކުންފުނީގެ އޮޑިޓް ކޮމެޓީއަށް ހުށަހެޅުން
  • އޮޑިޓް ކޮމެޓީން ފާސްކޮށްފައިވާ އިންޓަރނަލް އޮޑިޓްގެ ޕްލޭން އާއި އެއްގޮތަށް މަސައްކަތްތައް ފުރިހަމައަށް ގެންދިއުމާއި އެމަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހުރިތޯ ޔަގީން ކުރުން
  • އޮޑިޓް ރިޕޯޓްގެ ޔަގީންކަން ޞައްޙަކޮށް މައްސަލަތައް ކުރިމަތިވާން ދިމާވާ މައިގަނޑު ކަންތައްތައް ފާހަގަކޮށް އެކަމަށް ހައްލެއް ހޯދައި ކުންފުނީގެ މެނޭޖްމަންޓަށް ލަފާ އެރުވުން
  • އޮޑިޓް އިންވެސްޓިގޭޝަންތައް ޗަރޓަރގައިވާ ގޮތުގެމަތިން ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

12 މެއި 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 12 މެއި 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިންގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

27 ޝައްވާލް 1445

06 މެއި 2024

06 މޭ 2024
ހޯދާ