މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ސަޕްލަޔަރ ރެޖިސްޓްރޭޝަން

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރާ ގުޅިގެން މި މިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (މެޕް) އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެއްޓާރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ 26 ރަށަކަށެވެ. މިޕްރޮގްރާމްގެ މައިގަނޑު އެއް މަޤްސަދަކީ ގްރީންހައުސް އަޅާ ގްރީންހައުސްގައި ދަނޑުވެރިކަންކުރަން ދަސްކޮށްދީ، އެގޮތަށް ގްރީންހައުސް އަޅައިގެން ދަނޑުވެރިކަންކުރަން ބޭނުންވާ ފަރާތްތަކަށް މާލީއެހީ ދެވޭނެ ނިޒާމެއްގެ ތެރެއިން އެކަމަށް މަގުފަހިކޮށްދިނުމެވެ. 

 

މިގޮތުން، މިދެންނެވި ތިމާވެއްޓާރައްޓެހި ދަނޑުވެރިކަންކުރުމަށް ބޭނުންވާތަކެތި (ގްރީންހައުސް، އިރިގޭޝަން ސިސްޓަމް (ފެންދޭނިޒާމް)، ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނު) ސަޕްލައި ކޮށްދެވޭނެ ފަރާތްތަކުގެ ރަޖިސްޓްރީއެއް ގާއިމްކުރަން ބޭނުންވެއެވެ. މި ރަޖިސްޓްރީގެ ބޭނުމަކީ މިގޮތަށް ދަނޑުވެރިކަންކުރަން ބޭނުންވާފަރާތްތަކަށް އެކަންކުރުމަށް ބޭނުންވާތަކެތި ސަޕްލައިކޮށްދޭނެ ފަރާތްތަކުގެ ލިސްޓެއް ފޯރުކޮށްދިނުމެވެ.

 

ވީމާ، މަތީގައި ބަޔާންކުރެވުނު ގްރީންހައުސް އަދި ގްރީންހައުސްގައި ދަނޑުވެރިކަންކުރަން ބޭނުންވާ ތަކެތި  ސަޕްލައިކޮށް ދެވޭނެ ފަރާތްތަކުގެ ނަން/ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ދައުވަތު އަރުވަމެވެ. އެހެންކަމުން ނަން ރަޖިސްޓްރީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަމާއި ،ގުޅޭނެ ނަމްބަރާއި އަދި އީމެއިލް އެޑްރެސް [email protected] ފޮނުއްވާދެއްވުން އެދެމެވެ. މިކަމަށް  ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 15 މެއި 2024 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033400 ނަންބަރު ފޯނަށެވެ. އަދި އީމެއިލުންނަމަ [email protected] އަށެވެ.

 

28 ޝައްވާލް 1445

06 މެއި 2024

06 މޭ 2024
ހޯދާ