ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ނޮލެޖް ސެންޓަރ އަދި ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކުރުން

"ކުޅުދުއްފުށި ނޮލެޖް ސެންޓަރ" އަދި "ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ" ގެ ލޯގޯ ފަރުމާކުރުމަށް ރާއްޖޭގެ ޑިޒައިނަރުންނަށާއި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް ނުވަތަ ސްޓޫޑިއޯތަކަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެ، ކުޅުދުއްފުށި ނޮލެޖް ސެންޓަރ އަށް އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް ދިވެހި ރުފިޔާ) ލިބޭނެއެވެ. އަދި ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަށް އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް ދިވެހި ރުފިޔާ) ލިބޭނެއެވެ.

ލޯގޯ ހުށައެޅުން:

  • ފަރުމާކޮށްފައިވާ ލޯގޯ 02 ޖޫން 2024 ވަނަ ދުވަހުގެ 13:00 ކުރިން ހުށައަޅަންވާނެއެވެ.
  • ލޯގޯ ހުށައަޅަންވާނީ ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ.
  • ލޯގޯ ހުށައަޅާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް (ސްޓެންސިލް)  PDFސޮފްޓްކޮޕީއެވެ. )މޮޅުވާ ފަރާތުން ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ހުށައަޅަންވާނެއެވެ.(
  • އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅީނީ 2 ލޯގޯއެވެ. އެއީ ކުޅުދުއްފުށި ނޮލެޖް ސެންޓަރ އަށް 1 ލޯގޯ އަދި ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަށް 1 ލޯގޯ އެވެ.

 

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

  • ކުޅުދުއްފުށި ނޮލެޖް ސެންޓަރ އަދި ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ މަސައްކަތްތައް ރަމްޒުކޮށްދިނުން.
  • ކުޅުދުއްފުށި ސިޓީގެ ތާރީޙާއި ސަޤާފަތާއި އާދަކާދައާއި މަސައްކަތްތެރިކަމާއި ނުވަތަ ހުނަރު ރަމްޒުކޮށްދިނުން.
  • ރަސްމީކޮށް އަދި ނުރަސްމީކޮށް އެހެން ފަރާތެއްގެ މަސައްކަތެއް ކޮޕީކޮށްފައިނުވާ އޮރިޖިނަލް ލޯގޯ އަކަށްވުން.
  • ލޯގޯ ވާންވާނީ ސްކޭލަބަލް ލޯގޯއަކަށް (ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގައި ވޯޓަރމާކްއެއްގެ ގޮތުގައި ނުވަތަ ގްރެފިކްސްއެއްގައި ބޭނުންކުރާއިރު އަސްލު ގެއްލިގެން ނުވާނެ).
  • އެނިމޭޓްކުރެވޭނެ ގޮތަށް ލޭޔަރ ތައް ވަކިކުރެވިފައި ހުރުން.
  • އެނިމޭޓް ކުރެވިފައިވާ ލޯގޯ ހުށައަޅާފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އެންޓްރީ ފޯމް އަދި ލޯގޯ ސްބަމިޝަން ލިންކް: https://forms.office.com/r/7BSrTfWhQG

މުބާރާތުގެ ޤަވާއިދު މި އިއުލާންއާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން 6527196 އާއި ގުޅުއްވައިގެން ކުރިއަށްގެންދެވުން އެދެމެވެ.

06 މޭ 2024
ހޯދާ