ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުން.

ނަންބަރު: (IUL)258/258/2024/44

އިޢުލާން

 

1445 ވަނަ އަހަރުގެ އަޟުޙާ ޢީދު ފާހަގަކުރުން.

                 މިއަހަރުގެ އަޟުޙާ އީދު ފާހަގަކުރުމުގެގޮތުން، މި ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ހަރަކާތްތައް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ހިންގައިދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                 ވިމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 މެއި 2024 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.                                             އަންދާސީ ހިސާބު ހުށައެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  26 މެއި 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައިއެވެ.

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ ކްލަބު ޖަމްޢިއްޔާ ތަކަށާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިއަންދާސީ ހިސާބުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

                ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ޝައްވާލް 1445ހ

05  މެއި  2024 މ

05 މޭ 2024
ހޯދާ