ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                        މަސައްކަތު

މަޤާމުގެ ރޭންކް:                   އެސްއެސް 1

މަޤާމުގެ ކްލެސިފިކޭޝަން:             ސަޕޯޓްސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ:                   ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން:                     މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:            ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ

މުސާރަ:                       މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަނސް:              މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:                  1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:                ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މައްސޫލިއްޔަތާއި ވާޖިބުތައް:

1- ކުނިކޮށީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެގޮތުން ކުނިކޮށިގައި ކުރަންޖެހޭ އެއްމެހައި މަސައްކަތެއް ކުރުން.

2- ކުނިކޮށީގެ އެކިސަރަހައްދުގައި މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ސާމާނު ގެންގޮސްދިނުމާއި، ރަށުތެރޭ އެކި ސަރަހައްދުތަކުގައި ހުންނަ ޑަސްބިން އުކާލުމުގެ މަސައްކަތް ސާފުކޮށް ބެލެހެއްޓުން.

3- ކުނިކޮށީގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުން.

4- ދަގަނޑާއި ޕްލާސްޓިކް ކުނި ވަކިކުރުން.

5- ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޕިކަޕުންގޮސް ގޭގޭގެ ޑަސްބިންތައް ނަގައި ކުނިކޮށްޓަށް ގެންދިއުން.

6- ކުނިކޮށީގެ އިސްކޮށް ހުންނަ ވެރިޔަކު ދައްކާ އެއްމެހައި މަސައްކަތް ކުރުން.

7. ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ކުނި އުކުމަށްދާ ފަރާތްތައް ކުނި އަޅަމުންދަނީ އެ ސެންޓަރުގެ ހެދިފައިވާ ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކޮށް، ގަވާއިދުތަކާ ޚިލާފަށް ކުނިއަޅަމުންދާ ފަރާތްތަކަށް ގަވާއިދުން ކުނި އެޅުމަށް ވަގުތުން އަންގައި، އެކަން ރަނގަޅު ނުކޮއްފިނަމަ، އެފަދަ ފަރާތްތަށް ނަންނޯޓް ކުރުމަށްފަހު ކުނިކޮށީގެ އިސްމުވައްޒަފަށް ރިޕޯޓްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ހީވާގި، 55 އަހަރު ނުފުރޭ ފިރިހެނުންނަށް އިސްކަންދެވޭނެއެވެ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހަކު ނުލިބެއްޖެނަމަ، ކޮންޓެކްޓް އުސޫލުން މި މަސައްކަތް ކުރާނޭ މީހަކުވެސް ބޭނުންވެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު: 

ގއ. ވިލިނގިލީ ކައުންސިލް އިދާރާ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

2015 މެއި 6 ވާ އާދީއްތަ ދުވަހުގެ 14.30. ގެ ކުރިން، ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު ގަޑީގެ ފައިސާއާއި، ޢިނާޔަތްތައް:         

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ ޤަވާއިދުތަކާ އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ވަޒީފާއަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދުކޮށްފައިވާ ލިއުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6824680 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

8 ރަޖަބު 1436

27 އޭޕްރިލް 2015
ހޯދާ