ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލު މަރާމާތުގެ ބައެއް މަސައްކަތް ކުރުން

ހއ ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގެ މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

(ހ)   މި އިޢުލާނުގެ ދަށުން ކުރެވޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 5 މޭ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 13 މޭ 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ށ)  ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ މަސައްކަތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.

05 މޭ 2024
ހޯދާ