މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަލިފުށި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. އަލިފުށި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ރ. އަލިފުށި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކުގެ ކުރިން ބިޑުފޮތް ގަނެ މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑު ގަތުން:

2024 މޭ 05 އިން 2024 މޭ 13 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށް އަލިފުށި ކައުންސިލް އިދާރާގައެވެ. ނުވަތަ އަލިފުށި ކައުންސިލްގެ އެކައުންޓު ނަންބަރު 7717700396001 (1339 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރައްވައި، ޓްރާންސްފަރ ސްލިޕް (ކުންފުނީގެ ނަން، ކުންފުނީގެ ރަޖިސްޓްރީ ނަންބަރު، ފައިސާގެ ތަފްސީލް އަދި ކޮންޓެކްޓް ނަންބަރު) ހިމަނުއްވާ [email protected] އަށް މެއިލް ކުރެއްވުމުން ބިޑް ޑޮކިއުމަންޓް ފޮނުވައިދެވޭނެއެވެ.

ބިޑުފޮތުގެ އަގަކީ 500/- ރުފިޔާއެވެ.

މަޢުލޫމާތު ސާފުކުރުން:

2024 މޭ 14 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

2024 މޭ 19 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.  އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑު ނުގަންނަ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

02 މޭ 2024
ހޯދާ