މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ ސަރަހައްދުގައި ހުރި ފީފާއަކާއި ބެހޭ.

މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ  އޮފީސް އިމާރާތް ކައިރީގައި ޙަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ  ފީފާއެއް ހުރުމާއިއެކު މި ފީފާގެ ވެރި ފަރާތެއް ވާނަމަ، މިއަދުން ފެށިގެން 3 ދުވަހުގެ ތެރޭގައި ޙަވާލު ވުމަށް ދަންނަވަމެވެ.

    އަދި 3 ދުވަހުގެ ތެރޭގައި ޙަވާލު ނުވެއްޖެނަމަ މާލެ ހުޅަނގު ދެކުނު ހާބަރު ބެނުންކުރުމުގެ އުސޫލުގެ 15 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން މިތަކެތީގެ ވެރި ފަރާތެއް ނެތްކަމަށް ބަލައި، ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން މިތަކެތި ނީލަމުގައި ވިއްކާލުން، ނުވަތަ ނައްތާލެވޭނެ ވާހަކަ އަންގައި އިޢުލާން ކުރަމެވެ.

މިކަމާއި ގުޅޭނެ ނަންބަރ : 3039644 ، 9755722

02 މޭ 2024
ހޯދާ