ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 އަޟްޙާޢީދު ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުޞަތު

           އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް 1445 އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއިން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި ނައިޓް މާކެޓް 2024 ގެ ނަމުގައި ނައިޓްމާކެޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނައިޓް މާކެޓް އޮންނާނީ 2024 ޖޫން 13 ވަނަ ދުވަހުން  ފެށިގެން 2024  ޖޫން 22 ވަނަ ދަވަހާއި ހަމައަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00ގެ ނިޔަލަށެވެ.

            ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމް 2024 މެއި 02 ވަނަ ދުވަހުން ފެށިގެން 2024 މެއި 30 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމުގައި ނައިޓްމާކެޓް އުޟޫލް އެޓޭޗް ކުރެވިފައިވާނެއެވެ.

            ނައިޓްމާކެޓްގައި ވިޔަފާރިކުރުމަށްއެދި ހުށަހަޅާ ފަރާތްތާކާއެކު ބާއްވާ ބައްދަލުވުން 2024 ޖޫން 06 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކުޑަހުވަދޫ ކައުންސިލްގައި އޮންނާނެއެވެ.

            ވީމާ، ނައިޓް މާކެޓްގައި ވިޔަފާރިކުރަން އެދޭ ފަރާތްތަކުން، 2024 މޭ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

02 މޭ 2024
ހޯދާ