ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޏ. ފުވަމުލަކު ފިހާރަ ގޯޑައުން ގެ ތަޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ޏ. ފުވަމުލަކު ފިހާރަ ގޯޑައުން ގެ ތަޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.

1. މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

2. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

2.1   ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން ކޮންކިރިޓް ތަޅުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށްވުން.

2.1.1  ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ހަވާލާދޭ ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އަދި ތިޔަފަރާތުން ކުރިން ކޮއްފައިވާ މަސައްކަތް ކަށަވަރު ކުރުމަށްޓަކައި އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތަކުގެ އިތުރު މައުލޫމާތު ހޯދިދާނެއެވެ.

2.1.2  ހަވާލާދޭ ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއެކު އެ މަސައްކަތަށް ބާރުއަޅާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އަދި ބާރުއަޅާ ލިޔެކިޔުން ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

 

3. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

3.1   ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ހަވާލާދޭ ސިޓީ (2.1 ގައިވާ ގޮތަށް)

3.2   ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ

3.3   ކުންފުނީގެ ހިއްސާދާރުން/ވެރިފަރާތުގެ އައި.ޑީކާޑް ކޮޕީ

 

4. ރަޖިސްޓަރީ ކުރުން: 

4.1ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 2024 މެއި 09 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 

       އީމެއިލް އެޑްރެސް: [email protected]

 

5. ބީލަންކަރުދާސް ދޫކުރުން:

5.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2024 މެއި 12 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

6. މައުލޫމާތު ދިނުން

6.1 ރަޖިސްޓަރީ ކޮއްފައިވާ ފަރާތްތަކަށް 2024 މެއި 14 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ޏ. ފުވަމުލަށް ފިހާރައިގައި އޮންނާނެއެވެ.

 

7. ބީލަން ހުށަހެޅުން:

7.1 ބީލަން ހުށަހަޅަންވާނީ 2024 މެއި 19 ވަނަ ދުވަހު 1100ގެ ކުރިން  [email protected] މިއީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

 

ފޯނު ނަނޮބަރ:  1422

އީމެއިލް: [email protected]  

2 މެއި 2024

02 މޭ 2024
ހޯދާ