ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަމުގައި ވިއްކާލުން

ދިޔަމިގިލީ ސްކޫލަށް އިތުރުކުރާ ބިމުގައި މިހާރު ވައްޓާލާފައި އޮތް ރުއްތަކާއި، އިންޖީނުގޭ ސަރަޙައްދުން ކަނޑާފަ ބުރިކޮށްފައިހުރި ރުއްގުޅިތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިރުއްތަށް ނީލަން ކިއުން އޮނަނާނީ 2024 މޭ 06 ވާ ހޯމަދުވަހު ހެނދުނު 10:00 ގައި އެސަރަޙައްދުގައެވެ.

           ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ބޭފުޅުން 2024 މޭ 06 ވާ ހޯމަ ދުވަހު ހެނދުނު  10:00ށް ދިޔަމިގިލީ ސްކޫލުގެ ހުޅަނގު ފަރާތުމަގަށް ވަޑައިގެންދެއްވުންއެދެމެވެ.

           މިނީލަމުން ތަކެތި ނަގާފަރާތުން ތަކޭތީގެ އަގަށްވާ ފައިސާ ދެއްކެވުމަށްފަހު 7 ދުވަހުގެތެރޭގައި ތަކެތި ގެންދެވުމަށް ސަމާލުކަން ދެއްވުންއެދެމެވެ. ނުގެންގޮސް ބަހައްޓާ ތަކެއްޗެއް 2024 މޭ 15 ވާ ބުދަ ދުވަހު ނައްތާލެވޭނެއެވެ.

           ވިމާ، މިނީލަމުން ތަކެތި ނަންގަވާ ފަރާތުން ތަކެތީގެ އަގަށްވާ ފައިސާ 2 ދުވަހުގެ ތެރޭގައި ދިޔަމިގިލީ ކައުންސިލްގެ އިދާރާއަށް ދައްކަވަންޖެހޭނެއެވެ. މިފައިސާ ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރު 13:30 ދެމެދުގައެވެ. ފައިސާ ޓްރާންސްފަރ ކުރަށްވާނަމަ 7725700487001 އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު ސިލިޕް 9176574 ނުވަތަ 9906162 ށް ވައިބަރ ކުރެއްވުން އެދެމެވެ.  އަދި ފައިސާ ދެއްކުމަށް ފަހު ތަކެތި 7 ދުވަހުގެތެރޭ ގެންދެވުންއެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 އޭޕްރިލް 2024
ހޯދާ