ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
2024 ވަނައަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފްޡް ކުލާސްތަކަށް ދަރިވަރުން ނެގުމާއި ގުޅޭ

އިޢުލާން

2024  ވަނައަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

ހުޅުމާލެ ފޭސް 2 (އަމީލް ޖަލީލް މިސްކިތް)

ޖާގަ

ހެނދުނު

135

މެންދުރު ފަސް

90

 

ސަލްމާން ރަސްގެފާނު މިސްކިތް  (މާލެ)

ޖާގަ

ހެނދުނު

170

 

 

 

މި ކުލާހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު، 19 މެއި 2024 ގެ 13:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ. އަދި މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދިނުމުގައި އިސްކަންދެވޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށެވެ. އިންޓަރވިއު ކުރުމަށް ހަމަ ޖެހިފައިވަނީ 21 މެއި 2024 އިން 28 މެއި 2024 އާއި ދެމެދު އެވެ.

30 އޭޕްރިލް 2024
ހޯދާ