އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ލިލީ މަގުގައި ބެހެއްޓިފައި ހުރި އުޅަނދުތަކާއި ގުޅޭ

އިޢުލާން

                                                

ލިލީ މަގުގައި ބެހެއްޓިފައި ހުރި އުޅަނދުތަކާއި ގުޅޭ:

                        މަރަދޫފޭދޫ ލިލީ މަގުގައި ގިނަދުވަސްވަންދެން ޕާކުކޮށް ބެހެއްޓިފައިވާ އުޅަނދުތައް ހުންނަކަމުގެ ޝަކުވާ މިއޮފީހަށް ދަނީ ލިބެމުންނެވެ. ލިލީ މަގަކީ މިއަވަށުގައި ދަތުރު ފަތުރު ކުރުމަށް އެންމެ ގިނައިން ބޭނުންކުރާ މަގަށް ވެފައި މިގޮތަށް ދިގު މުއްދަތަކަށް ނުނެގި ހުންނަ އުޅަނދުތަކުގެ ސަބަބުން މަގުމަތީގައި ދުއްވާ ތަކެއްޗަށާއި ހިނގާ މީހުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.

                    ވީމާ، މިގޮތަށް ބެހެއްޓިފައި ހުންނަ އުޅަނދުތައް ވެރިފަރާތުން ނެގުމަށް އިލްތިމާސްކުރަމެވެ.

21  ޝައްވާލް  1445

30   އޭޕްރީލް  2024

30 އޭޕްރިލް 2024
ހޯދާ