ބޮޑުފޮޅުދޫ ސްކޫލް
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ސްކޫލުގެ ބައު އިމާރާތުގެ ޕާޓިޝަން މަރާމާތު ކުރުމާ ގުޅޭ

ނަމްބަރ:GS149/IUL-2024/07  

އިޢުލާން

   ސްކޫލުގެ ޕާޓިޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

  

      މި ސްކޫލުގެ ޕާޓިޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ތާރީޚް

ތަފްޞީލް

ގަޑި

ތަން

02 މެއި  2024 ން 06މެއި 2024

ބިޑުގައި ރެޖިސްޓްރީވުން

09:00 – 14:00

ބޮޑުފޮޅުދޫ ސްކޫލް

07 މެއި 2024

މަޢުލޫމާތު ސާފުކުރުން

13:00 ގައި

12 މެއި 2024

އަންދާސީ ހިސާބު ހުށަހެޅުން

13:00

 ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާ ގުޅޭ އިތުރު މަޢުލޫމާތު 07މެއި  2024 ވާ އަންގާރަ ދުވަހު ބާއްވާ ޕްރީބިޑް ބައްދަލުވުމުގައި ބިޑްގައި ރަޖިސްޓްރީވި ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ

ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ

ފޯން:  6660841

އީ-މެއިލް [email protected]

30 އޭޕްރީލް 2024

30 އޭޕްރިލް 2024
ހޯދާ