ކިނޮޅަހު ސްކޫލް/ރ.ކިނޮޅަސް
ދިވެހިރާއްޖެ
2024ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމާބެހޭ

       2024 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 ށް ކުދިންވެއްދުމަށް ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 2 މެއި 2024 ން ފެށިގެން 12 މެއި 2024 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ސްކޫލް އޮފީހުގައެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

އެލް.ކޭ.ޖީ

 2023 ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

 2023 ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

- 2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މެއި 2024 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް 1

 2023 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

- 2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މެއި 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

  • އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • އެލް.ކޭ.ޖީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް ދެވިދާނެއެވެ.
  • މިނިސްޓްރީއިން ޢަމަލު ކުރަމުންދާ އާންމު އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގްރޭޑެއްގައި ރިޕީޓް ނުކުރާނެއެވެ. ނަމަވެސް، ޚާއްޞަ ހާލަތެއް ނުވަތަ މަޖުބޫރު އުޒުރެއް އޮތުމުން މިހާރު ކިޔަވަމުންދާ ގްރޭޑްގައި ރިޕީޓްކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ހާލަތެއްގައި އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. އަދި ރިޕީޓް ކުރެވޭނީ ހުށަހެޅިފައިވާ ލިޔުންތަކަށް ރިޔާއަތްކޮށް މިނިސްޓްރީއިން ލިޔުމުން ހުއްދަ ދިނުމުންނެވެ.

  ވީމާ، މަތީގައި ދެންނެވިފައިވާ ޢުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2024 ވަނަ އަހަރު މިސްކޫލުގެ LKG، UKG އަދި ގްރޭޑް 1  އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 2024 މެއި 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

21 ޝައްވާލް 1445

30 އޭޕްރީލް 2024

30 އޭޕްރިލް 2024
ހޯދާ